އާދަމް ޝަރީފަކީ ނޫސްވެރިކަމުގެ ދުޝްމަނެއް: އަހުމަދު ސަލީމް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަކީ، ރާއްޖެޓީވީގެ ނޫސްވެރިންނަށް މަރުގެ ޙަމަލާދީ، ސްޓޭޝަންގައި އަލިފާން ރޯކޮށް، އަދި ނުހައްޤުން މިލިޔަނުން ފޭރި ހެދިއިރު މަންޒަރު ބައްލަވަމުން އަތް ޖައްސަވަން ހުންނެވި ނޫސްވެރިކަމުގެ ދުޝްމަނެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުން ކުށްވެރިކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓަށް ރައްދުދެއްވާ އަހުމަދު ސަލީމް ވިދާޅުވީ މެމްބަރު އާދަމް ޝަރީފު  މިނިވަން ނޫސްވެރިކަމުގެ ވާހަކަނޫން އެހެން ވާހަކަފުޅެއް ދެއްކެވުމަށް އެދޭކަމަށާއި ޝަރީފަކީ ރާއްޖެޓީވީގެ ނޫސްވެރިންނަށް މަރުގެ ޙަމަލާދީ، ސްޓޭޝަންގައި އަލިފާން ރޯކޮށް، އަދި ނުހައްޤުން މިލިޔަނުން ފޭރި ހެދިއިރު މަންޒަރު ބައްލަވަމުން އަތް ޖައްސަވަން ހުންނެވި ނޫސްވެރިކަމުގެ ދުޝްމަނެއް ކަމަށެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ސަލީމް އިތުރަށް ވިދާޅުވީ ރާއްޖެޓީވީއަށް ވާން އުޅުމަކީ މޮޔަކަމެއް ކަމަށާއި، ރާއްޖެޓީވީގެ އެ ހިތްވަރު ނުވެސް ދެއްކޭނެކަމަށެވެ. އަދި ރާއްޖެ ޓީވީއަށް ދިން އަނިޔާގެ ޒައްރެއްގެ މިންވަރަށްވެސް ކެތް ނުކުރެވޭނެ ކަމަށާއި، އެހެން ކަމުން މަޑުން ހުންނެވުމަށް މެމްބަރު އާދަމް ޝަރީފުގެ އަރިހުން ސަލީމް އެދިވަޑައިގެންފައި ވެއެވެ.ޗެނަލް 13 އިން ގެނެސްދޭ މަޑިސީލަ ޕްރޮގަރާމް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ކުެއްވި ޓްވީޓެއްގައި އާދަމް ޝަރީ ވިދާޅުވެފައިވަނީ މިހާރު ޗެނަލް 13 އިން ކުރަނީ ރާއްޖެ ޓިވީ އިން ކުރިން ކުރަމުން އައި މަސައްކަތް ކަމަށެވެ.ބްރޯޑްކޮމް އިން މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން އަންގާފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެނެވެ. "މަޑިސީލަ" ޕްރޮގްރާމްގެ މައްސަލަ ބްރޯޑްކޮމް އިން ބެލީ، ޢާންމު ސިއްޙަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިޢުލާނުކޮށްފައިވަނިކޮށްޗެނަލް 13 އިން 19 މާރިޗް 2020ގެ 00:00 ހާއިރު ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ