އަންނަ ހޮނިހިރު ދުވަހު ބާއްވާ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕޭން ކުރުމަށް އުނގޫފާރު ދާއިރާގެ ރަށްތަކުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ލީޑާޝިޕްގެ އެންމެ އިސް ބޭފުޅުން ހަރަކާތްތެރިވަމުން އެބަދެ އެވެ.
އެމްޑީޕީން އުނގޫފާރު ދާއިރާ އަށް ކުރިމަތި ލައްވާފައިވާ ޑރ. އަހްމަދު އަޝްރަފް އަށް ތާއިދު ހޯދަދެއްވުމަށް އެމްޑީޕީގެ ލީޑާޝިޕްގެ އިސް ލީޑަރުންނާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ އިސް މެންބަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަކްރަމް ވިދާޅުވީ ޑރ. އަޝްރަފަށް ތާއީދު ހޯދެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން މޫސަ މަނިކާއި އަދި ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ އިތުރުން ޕާލަމެންޓް ގުރޫޕްގެ އެހެން ބޭފުޅުންނާއި ޕާޓީގެ އެހެން ބޭފުޅުން އުނގޫފާރު ދާއިރާގެ ރަށްތަކަށް ދަތުރުކުރައްވަމުންދާ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން އެ ގޮނޑިއަށް ކުރިމަތި ލައްވާފައިވާ، ޑރ. އަފްރާޝިމްގެ ކޮއްކޮށް، އިބްރާހިމް އަމީނަށް ތާއީދު ހޯދެއްވުމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ގެންދަނީ އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްމުން ވަމުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޔުމްނާ މައުމޫނު ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ހޯދެއްވުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހްމަދު މަހްލޫފާއި މުހައްމަދު ނިހާނު ހަސަން މަނިކު އެ ދާއިރާގެ ރަށްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން މިއަދު އެ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އަމިއްލަ ގޮތުން ވެސް ވެސް ކެންޑިޑޭޓަކު ވާދަކުރެ އެވެ.
މިއީ މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ހުސްވެގެން ބާއްވާ ދެ ވަނަ ބައި އިލެކްޝަނެވެ. އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަށް ބަޔަކު މީހުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އެމްޑީޕީ އާއި ޕީޕީއެމްގެ އިސް މެންބަރުން އުނގޫފާރު ދާއިރާގެ ކެމްޕޭނުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ