މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައީސް ކަމަށް ވާދަކުރެއްވުމަށް އެދި ގާސިމް ހުށަހެޅުއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.
އިލްޝަންސް ކޮމިޝަނަށް ގާސިމް ހުށަހެޅުއްވި ފޯމް ފައިލް ކުރުމަށް ފަހު އެ ކޮމިޝަނުގެ މެންބަރުނާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިހާބާ ގުޅޭ ބައެއް ކަންތައްކުގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ރީ ރަޖިސްޓްރޭޝަން ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމަށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އާންމުކުރާނެ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއިި މިނިވަން ކެންޑިޑޭޓެއްގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ފޯމް ހުށަހެޅުއްވާފައިވާ އިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަބްދުﷲ ޔާމިން މިއަދު މެންދުރު ފޯމް ހުށަހަޅުއްވާނެ ވާނެ އެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ފޯމް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ