އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
އެމާގަމަށް އައްޔަނުކޮށްފައިވަނީ އަބްދުﷲ ސިޔާޒެވެ. އަބްދުﷲ ސިޔާޒަކީ ޅ. ނަފިފަރަށް ނިސްބަތްވާ ވަކީލެކެވެ. އަދި އޭނާ އަކީ އިކޮނޮމިކް މިނިސްޓްރީގެ އެގްޒްކެޓިވް ކޯޑިނޭޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ބޭފުޅެކެވެ.
ސިޔާޒް އައްޔަނު ކުރުމާއެކު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ނުވައަކަށް އިތުރުވާނެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެބޭފުޅުން ތިއްބަވައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް އަބްދުﷲ ސިޔާޒް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ