ފެކްޓް ފަައިންޑިން މިޝަނެއްގެ ގޮތުގައި އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ވަފުދެއް ފޮނުވަން ގޮވާލުމާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މައުމޫނު ޓްވިޓާގައި ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އިންސާނީ ހައްގުތަކާއި ގުޅޭގިތުން އައިޕީޔޫން ނެރުނު ބަޔާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ފެކްޓް ފައިންޑިން މިޝަނެއް ރާއްޖެއަށް ފޮނުވަން އައިޕީޔޫގެ ކޮމެޓީއޮފް ހިއުމަންރައިޓްސް އޮފް އެމްޕީ އިން ގޮވާލި ގޮވާލުމަށް ތާއީދު ކުރައްވާ ކަމަށެވެ.
އެ ޖަމާއަތުން އިއްޔެ ނެރުނު ބަޔާނުގައި ރާއްޖެއާއި ކެމްބޯޑިއާގެ އިތުރުން ވެނެޒުއޭލާ އާއި ތުރުކީގެ ގާނޫން ހަދާ މަޖިލިސް މެމްބަރުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާކަމަށްބުނެފައި ވެއެވެ.
އައިޕީޔޫގެ ބަޔާނަށް ރައީސް މައުމޫނު މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ