ރޭގެ ވަގުތެއްގައި މާލޭގައި ކުރިއަށްދިޔަ އެއްވުމެއް ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެ ސަރަހައްދުން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވީ ފުލުހުންގެ އަމަލެއްގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ އެއްވުން ހިނގަމުންދިޔަ ސަރަހައްދުން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވީ އިލެކްޓްރިކް ޝޮކް ދޭ މުގުރެއް ފުލުހުން ބޭނުންކުރުމުގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
"ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވެއެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ މީޑިއާތަކަށާއި، ކަމާބެހޭ އިދާރާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މުޒާހަރާގެ ބައިވެރިޔަކަށް އަނިޔާވީ ފުލުހުން ކުރިކަމަކުންނޫން - ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ