ޕޭ ފްރޭމްވޯކްގައި ހުރި މައްސަލަތަކަށް ހައްލުހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޕޭ ކޮމިޝަން

އައު ޕޭ ފްރޭމްވޯކްގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ އެކި މުއްސަސާތަކުގެ މުސާރަޔަށް ހެޔޮ ބަދަލެއްގެނެސް، ހުރިހާ މުވައްޒިފުންނަށްވެސް މުސާރައިގެ ކުރިއެރުން ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އައު ޕޭ ފްރޭމްވޯކަށް ހިޖުރަކުރީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ސިވިލް ސަރވިސްއާއި ޝަރުޢީ ދާއިރާގެ އިތުރުން ދައުލަތުގެ އިތުރު 6 މުވައްސަސާއަކާއެކު ޖުމްލަ 93 އިންސައްތަ މުވައްސަސާ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައިވާކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ