ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ އަންނަ ޖޫން މަހު ހޮވާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް:
'އަލް ޝާލީ މެރިން ކެނެރީ 28' މޮޑެލްގެ ސްޕޯޓްސް ލޯންޗެއް ލިބޭނެ
250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނެއް އަޅާފައިވާ މި އުޅަނދަކީ، އޭގެ ފަރުމާގެ ފުރިހަމަކަމާއި ބާރުމިނުގެ ސަބަބުން ކަނޑުމަތީގެ އެކި ބޭނުންތަކަށް އެކަށީގެންވާ އުޅަނދެއް
ތަފްސީލް - މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ހޮވައި މިހާރު ވަނީ ލޯންޗު ހަވާލުކޮށްފަ އެވެ. އެހެންކަމުން، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އެންމެ ފަހު ނަސީބުވެރިޔަކީ ކޮބައިތޯ ބެލުމަށެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުރުސަތެކެވެ.
ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތައް ވެސް ދެވަނަ ގުރުއަތުލުމުގައި ހިމެނޭނެ އެވެ. އެންމެ ފަހުގެ ލޯންޗު ހާސިލުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.
ދިރާގުން ދޭ ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުން އަންނަ ޖޫންގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ