ޙުކުމާއި ބެހޭ ގޮތުން އަދި ބުނާނެ އެއްޗެއް ނެތް – އިދިކޮޅު އިއްތިހާދު

ސުޕްރީމް ކޯޓުން މިއަދު ހަވީރު ކުރި ޙުކުމާއި ބެހޭ ގޮތުން އަދި ބުނާނެ ވަކިއެއްޗެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުގެ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވީ ޙުކުމާއި ބެހޭ ގޮތުން އެއްޗެއް ބުނާނީ ޤާނޫނީ ވަކީލުން ޙުކުމް ދިރާސާކޮށް ނިމުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވަކީލުން ދަނީ ޙުކުމް ދިރާސާ ކުރަމުން. ދިރާސާ ކުރުމަށް ފަހު އަލުން ރިވިއު ކުރަން ހުށަހަޅަން ޖެހިއްޖެނަމަ ހުށަހަޅާނަން." އިބޫ ވިދާޅުވިއެވެ.
ފާރިސް މައުމޫން ވެސް ވިދާޅުވީ މިވަގުތު ޙުކުމުގެ ތަފްސީލަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"ޤާނޫނީ ޓީމުތަކުން ދަނީ ޙުކުމް ދިރާސާ ކުރަމުން. ޙުކުމް މަތިމަތިން ކިޔާލާއިރު ގޮނޑި ގެއްލުމުގެ ބިރެއް ނެތް ޕީޕީއެމްގެ ކިތަންމެ މެންބަރުންނެއް އަޅުގަނޑުމެންނާއި އެކު އެބަތިބި." ފާރިސް ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ