ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ފަރާތުން މަތިވެރި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަދި މިހާރުވެސް އެދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު އަށް ތާއީދު ހޯއްދަވައިދެއްވުމަށް އއ. ހިމަންދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވެފައި ވަނީ "މިއަދު އެމްޑީޕީއަށް ދިވެހި ރާއްޖޭގެ ޕާލިމެންޓްގެ މެޖޯރިޓީ ލިބިގެން ހިނގައްޖެ ނަމަ ކިހިނެއްތޯ ވާނީ. މި ރާއްޖޭގައި ބުދު ފައްޅި އަޅާނެ. މި ރާއްޖޭގައި ޓެމްޕަލް ހަދާނެ. މި ރާއްޖޭގައި ތަފާތު ދީންތަކުގެ މީހުން ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ. ދެން އަޅުގަނޑުމެން ޖެހޭނީ ހަނގުރާމަ ކުރަން،" މިހެންނެވެ.
ގާސިމް މިހެން ވިދާޅުވެފައިވާ އިރު، ޖޭޕީން މަޖިލީހަށް ވާދަކުރައް ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ. ގާސިމް ކުރިން ވިދާޅުވެފައި ވަނީ އެޖެންޑާ 19އަށް އެމަނިކުފާނު ތާއިދު ނުކުރައްވާ ކަމަށެވެ. ނަޝީދު އިސްލާމް ދީނާ ދެކޮޅު ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވިހާ ހިނދަކު އިސްލާމް ދީނާ ހިލާފަށް މީހަކަށް އަނިޔާއެއް ދިނުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ރާއްޖޭގައި ބުދު ފައްޅި އަޅާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ