މޫސުން ގޯސްވެ މިއަދުވެސް އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ މިއަދުވެސް އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުން ގޯސްވެ، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ފަތިހު 05:30 އިން ހެނދުނު 10:30 ގެ ނިލަޔަށް އައްޑޫ އަތޮޅަށް ވައިޓް އެލާޓު ނެރެފައިވާއިރު މެޓް އެފީހުން ބުނީ އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އޭގެ އިތުރުން ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި މެދެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ.
އިއްޔެ ވެސް އައްޑޫ އަތޮޅަށް ވަނީ ބޯކޮށް ވާރޭވެހުމާ ގުޅިގެން ވައިޓް އެލާޓު ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ