މެލޭޝިއާގައި އުޅޭ ދިވެހިންގެ މާހެފުން މިއަދު ހަވީރު

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން މިއަދު ހަވީރު މާހެފުމެއް ބާއްވަން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ނިންމައިފި އެވެ.
އެމްބަސީން ވަނީ މިމާހެފުމަށް މެލޭޝިއާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ދައުވަތު ދީފަ އެވެ. މިއީ މެލޭޝިއާގައި އުޅޭ ދިވެހިންގެ ގުޅުން ބަދަހި ކުރުމަށް ބާއްވާ ހަރަކާތެކެވެ.
އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ 4 މޭ ވާ ހޮނިހިރު ދުވަހު މެލޭޝިއާ ގަޑިން ހަވީރު 5 އިން ރޭގަނޑު 7 އަށް މާހެފުން އޮންނާނީ ކުއަލަ ލަމްޕޫރުގައި ހުންނަ މެނަރަ ސީ ހޮއި ޗާން ޕްލާޒާގެ 10 ވަނަ ފަންގިފިލާ ނުވަތަ އެމްބަސީ އޮފީހުގައި ކަމަށެވެ.
މި މާހެފުމުގައި މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ އެމްބަސީގެ އެދުމެކެވެ. ދިވެހިރާއްޖޭގެ އެންބަސީން އިންތިޒާމްކޮށްގެން ބާއްވާ ހާއްސަ މާހެފުމަކަށް މެލޭޝިޔާގައި ދިރިއުޅުއްވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވަން pic.twitter.com/iGX8Dl0isG— Maldives Embassy, KL (@MVEmbassyKL) May 4, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ