ކަރަންޓު ލިބި، ކިޔެވުން ފެށުމުން ގެއްލުނު ފިލާވަޅުތައް ނަގައިދޭނަން - ތައުލީމީ މަރުކަޒު

(ގދ.ތިނަދޫ) މިރަށުގެ ގެތަކަށް ކަރަންޓު ލިބި، ސްކޫލުތަކުގެ ކިޔެވުން ފެށުމުން، ކިޔެވުން މެދުކަނޑާލެވުނު ދުވަސްތަކުގައި ގެއްލޭ ފިލާވަޅުތައް ކޮންމެވެސް އުސޫލެއްގެ ދަށުން ނަގައިދޭނެ ކަމަށް މިރަށުގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.
ވަގުތަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ ވިދާޅުވީ ކުދިންނަށް ގެއްލޭ ފިލާވަޅުތައް ސްކޫލު ހުޅުވުމުން ނަގައިދިނުމުގެ މަސައްކަތް ސްކޫލުގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދަރިވަރުންނަށާއި ދަރިވަރުންގެ ބެލެނިވެރިންނަށް ދެއްވާ ކަމަށްވެސް ޒީމާ ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވަމުން އަންނަ ގޮތުގެ މައުލޫމާތު ސާފުކޮށްދެއްވަމުން ޒީމާ ވިދާޅުވީ ސާފުތެލާއި އަތު ފަންކާ ފަދަ ތަކެތި ފޯރުކޮށްދިނުމުގައި އެސްކޫލުގެ ކެޑޭޓުންނާއި ސްކައުޓުން އަދި ގަރލްގައިޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް ރަށުގެ 341 ގެއަކަށް ތިން ފީފާގެ ސާފު ތެޔޮ ފޯރުކޮށްދީފައިވާ ކަމަށާއި މިއަދުގެ މިހާތަނަށް ތިން ފީފާގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށްވެސް ޒީމާ ވިދާޅުވިއެވެ.
ޒީމާ ވިދާޅުވީ އަދި ރަށުގައި ހުރި ތިން ސްކޫލުގެވެސް ކިޔެވުން މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ހަފްތާގެ ބުރާސްފަތު ނުވަތަ ހުކުރު ދުވަހާ ހަމައަށް ރަށަށް ވަގުތީ ގޮތުން ކަރަންޓު ދެވޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށާއި ކަރަންޓު ލިބިއްޖެ ނަމަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ