ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށް ބޭނުންވާ ސިއްހީ ފަރުވާ ރާއްޖެއިން ލިބެން ނެތްނަމަ އެފަދަ ސްޕެޝަލިސްޓުންނާއި ޑޮކްޓަރުންނާއި ވަސީލަތްތައް ރާއްޖެ ގެނެސް ފަރުވާ ހޯއްދެވުމަށް އެންގެވުމަކީ، އެފަދަ ހޮސްޕިޓަލެއް ރާއްޖެ ގެންނެވުމަށް އެންގެވުން ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޯޓުތަކުގެ ހުކުމްތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ ކަމަށާއި، ގާސިމް އިބްރާހިމަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބިދިނުމަށް ކޯޓު ހުކުމުގައި އަމުރު ކުރި ނަމަވެސް ކޯޓު ހުކުމަށް ވެސް ސަރުކާރުން ތަބާ ނުވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހިމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވެން ޖެހޭނެ ކަމަށާއި ކޯޓު އަމުރަށް ތަބާވެ އެއާއި އެއްގޮަތަށް އަމަލު ކުރުމަށް އެދޭކަމަށެވެ.
ކޯޓުތަކުގެ ހުކުމްތަކަށް އިހުތިރާމް ނުކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެ އަދި އެފަރާތްތަކުން އެކަން ނުހުއްޓާނަމަ ހިފައި ހައްޔަރުކުރަން ޖެހޭނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލާަގައި ސްޕްރީމް ކޯޓުން ނިންމި ނިންމުމުން އެނގިގެން ދިޔައީ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ކަމުގަ އެވެ. އަދި އެނިންމުމާއި ހިލާފަށް ބައި އިލެކްޝަންސް ބާއްވާނަމަ ސަލާމަތީ ހިދުމަތްތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.'
ރައީސް މައުމޫންގެ ވާހަކަފުޅުގައި ގާސިމް އިބުރާހިމަށް ބޭނުންވާ ބޭސްފަރުވާ ހޯއްދެވުމަށް، ރާއްޖެއިން ބޭރަށް ވަަޑައިގެންނެވުމުގެ ފުރުސަތު ދެއްވުމަށް ގޮވާލެއްވުމުގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ އާއި ސިޔާސީ ކުށްވެރިން މިނިވަން ކުރެއްވުމަށް ވެސް ގޮވާލެއްވި އެވެ. އަދި ފާރިސް މައުމޫނާއި މަޖިލިސް މެމްބަރުންނާއި މެދު ވެސް އިންސާފުން ކަންކަން ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ މެންބަރުން ހަމައަކަށް އަޅުވަންވާނީ ރައްޔިތުން ކަމަށެވެ. މެންބަރުންކީ ރައްޔިތުންގެ ހާދިމުންގެ ހައިސިއްޔަތުން ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ތިބޭ ބައެއް ކަން ފާޙަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ މެންބަރުން ހަމައަކަށް އަޅުވަން ރައްޔިތުން ނިކުންނަން ޖެހޭ ކަމަށެވެ.
ބައި އިލެކްޝަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނިކުތުމަށް މައުމޫން ގޮވާލައްވައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ