ދެކުނަށް މޫސުން ގޯސްވެ ސަމާލުވުމަށް އެލާޓް ނެރެފި

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުވަދު އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، ޔެލޯ އެލާޓް ނެރިފައި ވަނީ ގއ. އަދި ގދ އަށް މިއަދު 10:00 އިން ފެށިގެން 12:00 އާހަމައަށް ކަށެވެ.
ގއ. އަދި ގދ އަށް ޔެލޯ އެލާޓް ނެރިފައިވާއިރު، މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވެސް މިއަދު ވަނީ ވައިޓް އެލާޓެއް ނެރިފައެވެ. މި އެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 14:30 ހަމައަށް ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ ދެ ކުނަށް މޫސުން ގޯސްވި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ދެކުނުގެ އަތޮޅުތަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށައި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ