އުރީދޫ ކްލަބް ޕްރިމިއާގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ ހަމަޖައްސައި، ޕްރީމިއަމް ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފި އެވެ.
މި ޕާޓްނަޝިޕްގެ ދަށުން އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދެ އެވެ. އަދި ނަސެންދުރައިގެ އެންމެ މަގުބޫލު އައުޓްލެޓްތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި ބާސެލޯ ނަސަންދުރައިގެ އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނެ އެވެ.
"އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އުރީދޫއިން ދެމުންދާ ހާއްސަ ސާވިސްގެ އިތުރުން ޕްރިމިއަމް ޕާޓްރަނުންނާއިއެކު އިތުރު ފުރިހަމަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތް ކުރަމުން." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ބާސެލޯ ނަސެންދުރައަކީ ހާއްސަ މުނާސަބަތުތައް ފާހަގަކުރުމަށް އަދި ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް އެންމެ މަގުބޫލު އެއް ތެނެވެ.
"އުރީދޫ މޯލްޑިވްސް ކްލަބް ޕްރިމިއާ ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ބާސެލޯ ނަސަންދުރަ މާލެއިން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ބާސެލޯ ނަސަންދުރައިގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ، ވިދާޅުވި އެވެ.
މި ޕާޓްނާޝިޕަކީ އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކާއި ޕްރިމިއަމް މަންފާތައް ރާއްޖޭގައި ފޯރުކޮށްދީ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެެއް ގެނެސްދިނުމަށް އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއްކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.
އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރައިން ހާއްސަ އޮފާތަކެއް އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރައިން ހާއްސަ އޮފާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ