އާރުޓީއެލް ބަހުގެ ޚިދުމަތާއެކު، 600 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހަ މަޝްރޫއެއް ދުވާފަރުގައި ފަށައިފި

އާރުޓީއެލް ބަހުގެ ޚިދުމަތާއެކު ޖުމްލަ 600 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަގުއަރާ ހަ މަޝްރޫއެއްގެ އަމަލީ މަސައްކަތް ރ. ދުވާފަރުގައި މިއަދު ފަށައިފިއެވެ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ޚިދުމަތް ފަށައި، ހަ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުން އެ ރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ. އެ ރަށުގައި ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވީ ރައީސެވެ. https://x.com/MTCCPlc/status/1999780669787131941 ދުވާފަރުގައި މިއަދު އެމްޓީސީސީން ފެށި ހަ މަޝްރޫއަކީ: އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ކުނި މެނޭޖްކުރުމުގެ ސެންޓަރު އިމާރާތްކުރުން އައުޓްޑޯ ވޮލީ ކޯޓެއް ތަރައްގީކުރުން މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ދުވާފަރު ފުލުހުންގެ އިދާރާ އިމާރާތްކުރުން ބަނދަރު ތަރައްގީކުރުން މި މަޝްރޫއުތަކުގެ ތެރެއިން ދުވާފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފުލުހުންގެ އިދާރާ އިމާރާތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަހުގެ ތެރޭ ނިންމާ ގޮތަށް، ޖުމްލަ 208.96 މިލިއަން ރުފިޔާއަށެވެ. https://x.com/MTCCPlc/status/1999774630735958292 އަދި ހަތަރު މަސް ދުވަހުގެ ތެރޭ ދުވާފަރުގެ ކުނި މެނޭޖްކުރުމުގެ ސެންޓަރާއި އައުޓްޑޯ ވޮލީ ކޯޓު އަޅަން ޖުމްލަ ތިން މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، މަގު ހެދުމުގެ މަޝްރޫއު ދެ އަހަރާއި ތިން މަހުން ނިންމާ ގޮތަށް 312.66 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފައެވެ. އަދި އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށް ބަނދަރު ތަރައްގީކުރަން 142.11 މިލިއަން ރުފިޔާއަށް، ވަނީ ހަވާލުކޮށްފައެވެ. މިއީ ޖުމްލަ 666.73 މިލިއަން ރުފިޔާގެ މަޝްރޫއެވެ. މި ހުރިހާ މަޝްރޫއެއް ވެސް އެ ރަށުގައި ކުރިއަށް ގެންދާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. ރައީސް ދުވާފަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވަން ހަަމަޖެހިފައިވާއިރު މިހާރު ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ދަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ ކުރަމުންނެވެ. މި ކަންބޮޑުވުންތައް ފާޅުކުރުމަށް ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އިހުތިޖާޖުވެސް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ