ޖިންސީ ނިޔަތެއްގެ އޮވެގެން ކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޯޓުން މިއަދު ޖަލަށްލުމަށް ހުކުމްކުރި މީހާއަކީ އީމާން އިބްރާހިމް ރަފީއު އެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ގައިގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ، އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ މި އަހަރު ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. ނަމަވެސް ކުޑަކުދިންގެ މަސްލަހަތާ ގުޅުން ހުންނަ މި ބާވަތުގެ މައްސަލަތަކުގައި ކުދިންގެ ވަނަވަރު ހާމަވާ ގޮތަށް މައުލޫމާތު ދިނުމަކީ ގާނޫނުން މަނާ ކަމަކަށް ވާތީ، މައްސަލައިގެ އިތުރު ތަފްސީލްތައް ވަނީ ސިއްރުކޮށްފައެވެ.
ޖިންސީ ނިޔަތެއްގައި ކުއްޖަކު ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ