އައިލެންޑް އޭވިއޭޝަނުން ހުޅުމާލެއިން 49 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން(އޭއައިއެސް)އިން 49،4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީއާއެކު އައިލެންޑް އޭވިއޭޝަންއިން ހިންގި މި މުއާމަލާތުގެ ތަފްސީލުތައް ސިވިލް ކޯޓުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލު - މިދިޔަ މަހުގެ 16ގައި ކޯޓަށް ރަޖިސްޓްރީކުރުމަށް ހުށަހެޅި ހުޅުމާލެ ފޭސް އެކެއްގެ މި ބިމުގެ ބޮޑު މިނަކީ، އިއްޔެ ކޯޓުން ކުރި ހުކުމްގައިވާ ގޮތުން 12،481 އަކަ ފޫޓެވެ.
އެ ބިމުގެ އަގު ކަމަށްވާ 49.4 މިލިއަން ރުފިޔާ އެޗްޑީސީއަށް އައިލެންޑް އޭވިއޭޝަނުން ދައްކާ ހަލާސްކޮށްފައިވާތީ އެ ބިން ވިއްކުމުގެ ވިޔަފާރި މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަމަށް ޝަރީއަތުން ކަނޑައެޅި އެވެ.
ފާހަގަކޮށްލެވޭ - ހުޅުމާލެއިން އައިލެންޑް އޭވިއޭޝަނުން ގަތް މި ބިމަކީ ކޮން ބޭނުމެއްގައި ގަތް ބިމެއްކަން އަދި ސާފެއް ނޫނެވެ.
މި ކުންފުނަކީ، ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެވެ. މިދިޔަ ޖޫން މަހު އޮޑިޓް އޮފީހުން ނެރުނު މިދިޔަ އަހަރުގެ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން:
މިދިޔަ އަހަރު އައިލެންޑް އޭވިއަންޝައަށް ލިބުނު ގެއްލުމުގެ އަދަދު 2.8 މިލިއަން ރުފިޔާއަށް އަރާ
އޭގެ ކުރީ އަހަރުތަކުގެ ދަރަނިތަކުގެ ޖުމްލަ 1.79 ބިލިއަން ރުފިޔާއަށް އަރާ
ޖުމްލަ ދަރަންޏަކީ، 1.7 ބިލިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ