ފުރާޅު މައްޗަށް ވެއްޓުނީ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަނިކޮށް

އޭނާ އާ ހަވާލާދީ ފުލުހުން ބުނީ އެ ކެފޭގެ ފުރާޅު މައްޗަށް އޭނާ ވެއްޓުނީ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަނިކޮށް ކަމަށެވެ.
މާލޭގެ ކެފޭއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ، އެ ކެފޭ އާ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަން އުޅެނިކޮށް ކަމަށް ފުުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 11:14 ހާއިރު ކަމަށެވެ. އެ މީހާ ވެއްޓުނީ މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށެވެ.އެ މީހާ ފުރާޅުން ނަގާފައި ވަނީ ސިފައިންގެ އެހީތެރި ކަމުގަ އެވެ. އަދި ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ރޭ ގެންދިޔުމަށްފަހު މިހާރު އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
އޭނާ އާ ހަވާލާދީ ފުލުހުން ބުނީ އެ ކެފޭގެ ފުރާޅު މައްޗަށް އޭނާ ވެއްޓުނީ ޖެހިގެން ހުރި އިމާރާތަށް ހޮޅިދަނޑިއަކުން އަރަނިކޮށް ކަމަށެވެ.
ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި މީހަކު "މިރާ" އަށް ބުނީ އެއީ އާންމުކޮށްވެސް ވައްކަން ކުރާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރޭވެސް އޭނާ މަސައްކަތް ކުރީ އެ އިމާރާތަށް ވައްކަން ކުރަން ވަންނަން ކަމަށްވެސް އޭނާ ބުންޏެވެ.އަނިޔާވީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ