އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނެވޭނެ މަގު ފަހިވާންޖެހޭ: ޚާރިޖީ ވަޒީރު

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނެވޭނެ މަގު ފަހިވާންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުންތަކުގެ ހަވާސާގެ ތެރެއިން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ދުނިޔޭ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްކުރުމާއި ތަރައްޤީ ގެނައުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޤައުމުތަކުގެ ޚިޔާލާއި މަޝްވަރާ މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޤައުމުތަކުގެ ޝާމިލުވުން އިތުރުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ކުދި ޤައުމުތައް ކުރިއަރާ ދިޔުމުގައި، އެ ޤައުމުތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބުން މުހިންމު ކަމަށާއި، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކުދި ޤައުމުތަކަށް އިންވެސްޓްމެންޓް ގެނެވޭނެ މަގު ފަހިވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއިންވެސް ތަފާތު އައު ދާއިރާތަކަށް އިންވެސްޓްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މި ދާއިރާތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލެޖެންސްއާއި ފަންނިއްޔާތުގެ ދާއިރާ ހިމެނެއެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރުގެ އިތުރުން ދިވެހި ވަފްދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ