ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް 2 ނަމެއް

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް
ކުރިމަތިލެއްވި 2 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް މަޖިލިހުގެ ކޮމިޓީއަށް
ފޮނުވައިފިއެވެ.
އެ ބޭފުޅުންގެ ނަންތަކާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ.
މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވަވާފައެވެ. ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ ދެ ބޭފުޅެއްގެ ނަމެވެ. އެއީ އެ މަގާމަށް
ޝަރުތު ހަމަވާ ދެބޭފުޅުންނެވެ.
ރައީސް އިސްކަން ދެއްވާ ތަރުތީބު
މި ދެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރާނީ
މަޖިލީހުގެ އިގްތިސާދީ ކޮމިޓީންނެވެ.
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ
ފުރުސަތު ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި އަސްމާ ޝަފީއުގެ ދައުރު މިމަހުގެ
31 އަށް ހަމަވާތީއެވެ.
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރާ އެކު މީރާގެ ބޯޑުގައި 7
މެމްބަރުން ތިއްބަވައެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ
ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ
ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާ ފަރާތާއި، ރައީސް އައްޔަނުކުރައްވާ 5 މެމްބަރުންގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ