ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަަށް ދެ ބޭފުޅެއްގެ ނަންފުޅު

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސް ފޮނުއްވިއިރު އޭގެ ތެރެއިން ރައީސް އިސްކަންދެއްވާ ނަމެއްގެ ގޮތުގައި ފޮނުއްވާފައިވަނީ ފާތިމަތު އަމީޒާގެ ނަންފުޅެވެ.
މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަަށް އައްޔަންކުރެއްވުމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. 
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަގާމުގައި މިހާރު ހުންނެވި އަސްމާ ޝަފީއުގެ މަގާމުގެ ދައުރު ހިނގަމުންދާ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާގެ މަގާމުގެ ދައުރުގެ މުއްދަތު ހަމަވާން ކައިރިވެފައިވާތީ ރައީސް އޮފީހުންވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. 
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް ޝަރުތު ހަމަަވީ ދެ ބޭފުޅުންނެވެ. މަގާމަށް ޝަރުތުހަމަވި ދެ ބޭފުޅުންގެ ނަންފުޅުވެސް ރައީސް މުއިއްޒުވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. ނަންތައް ފޮނުއްވީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުންނެވެ. 
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއް މަގާމުގެ ޝަރުތުހަމަވިއިރު އޭގެ ތެރޭގައި މިހާރު އެ މަގާމުގައި ހުންނެވި އަސްމާވެސް ހިމެނިވަޑައިގަންނަވަ އެެވެ. ނަމަވެސް ރައީސް އިސްކަންދެއްވާ ބޭފުޅެއްގެ ގޮތުގައި ނަން ފޮނުއްވާފައިވަނީ އެ މަގާމަށް ކުރިމަތިލެއްވި ފާތިމަތު އަމީޒާގެ ނަންފުޅެވެ. 
ރައީސް ފޮނުއްވި ނަންތައް ދިރާސަކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރިޔާސަތުން މިއަދުވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުއްވާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ