ސިނގިރެޓްގެ ޑިއުޓީ ކުޑަކުރާ ބިލު އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.ހޫނު ބަހުސްތަކެއް ކުރުމަށް ފަހު އެ ބިލް ބަލައިގަންނަން މިދިޔަ ބުދަދުވަހު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަަރުންގެ އިއްތިފާގުންނެވެ. އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެއީ:ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރުމި ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާފައިވާއިރު، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ