އެމްއެންޔޫގެ ޖޮބް ފެސްޓިވަލުގައި ޓްރީޓޮޕް ބައިވެރިވަނީ
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އަހަރަކު އެއް ފަހަރު ބާއްވާ ޖޮބް ފެސްޓިވަލްގައި މި އަހަރު ވެސް ބައިވެރިވާނެކަން، ޓްރީޓޮޕް ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އެމްއެންޔޫގެ މާލޭ ކެމްޕަހުގައި އޮންނަ "އެމްއެންޔޫ ފަހި ފުރުސަތު"ގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ ކުރިއަރައިފައިވާ އެއް މުއައްސަސާގެ ހައިސިއްޔަތުން ކަމަށެވެ. މިއީ ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ހުރި ފުރުސަތުތައް ދެނެގަތުމަށާއި، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް، ޓްރީޓޮޮޕް ހޮސްޕިޓަލުން ބުންޏެވެ. މި ފެސްޓިވަލްގެ ތެރެއިން ޝައުގުވެރި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް، ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން، ސިއްޙީ އަދި އިދާރީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ އިތުރުން ހޮސްޕިޓަލުގައި ހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކާ ބެހޭ ތަފުސީލީ މައުލޫމާތު ޖޮބް ފެސްޓިވަލްގެ ތެރެއިން ލިބިގެންދާނެ ކަމަށް، އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ޓްރީޓޮޕުން މައުލޫމާތުދޭ ގޮތުގައި، އެ ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ މުވައްޒަފުން މި ޖޮބް ފެސްޓިވަލްގައި ތިބޭނެއެވެ. ވަޒީފާ ހޯދާ ފަރާތްތަކަށާއި ދަރިވަރުންނަށް އެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެން ދާނެ ކަމަށް، އެ ހޮސްޕިޓަލުން ބުންޏެވެ. މި ފެސްޓިވަލުގައި ބައިވެރިވަނީ، ޓްރީޓޮޕުން ބުނިގޮތުގައި، ރާއްޖޭގެ މަސައްކަތްތެރިކަން ތަރައްގީކުރުމަށް އެއްބާރުލުންދިނުމާއި، ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ އިތުރުން، ސިއްޙީ ދާއިރާއަށް ނުކުންނަން ބޭނުންވާ އައު ޖީލުގެ ފަންނުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އެމްއެންޔޫގެ މާލޭ ކެމްޕަހުގެ ޕީއީ ހޯލުގައި އޮންނަ "އެމްއެންޔޫ ފަހި ފުރުސަތު" އޮންނާނީ މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން ހަވީރު 10:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ