ރާއްޖެއިން ލިބުން ދަތި ފަރުވާތަކަށް ބޭރަށްދެވޭ ގޮތަށް އާސަންދަ ގަވާއިދު ބަދަލު ކޮށްފި

ހުސްނުވާ އާސަންދަ ސްކީމްގެ ތެރެއިން ބަލިމީހުންނަށް ދެވޭ ފަރުވާތަކުގެ ތެރޭގައި، ރާއްޖެއިން ލިބޭ ފަރުވާތައްވެސް ހޯދަން ދަތިނަމަ، އެ ފަރުވާ ހޯދަން ބޭރަށް ފުރަން އާސަންދައިން ހަރަދު ދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށް، އިއްޔެ ޝާއިއުކޮށްފި އެވެ.
އެހެންނަމަވެސް، ބަލީގެ ބާވަތާއި ބަލީގެ ހާލަތާއި ރާއްޖޭގައި ލިބެން ހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭން ލިބެން ހުރި ފަރުވާއެއް ހޯދުމަށް ހިމަނައި، އެގަވާއިދު އިއްޔެވަނީ ޝާއިއުކޮށްފައެވެ.
އާސަންދަ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ އެންސްޕާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފައިވަނިކޮށެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ތިބެގެންނާއި ރަށްރަށުގެ މީހުން މާލޭގައި ތިބެގެން ބޭސްފަރުވާ ހޯދުމަށް، މީހާގެ މާލީ ހާލަތު ބަޔާންކޮށް ހުށަހެޅުމުން އެންސްޕާއިން ފޯރުކޮށްދެމުންދިޔަ މާލީއެހީތެރިކަން ފޯރުކޮށްދިނުންވެސް މިހާރުވަނީ އާސަންދައަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ