ކިލޯއަކަށް ވުރެ ގިނަ ޑުރަގާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ޑުރަގް ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. މޫންލައިޓްވިޔު، މުހައްމަދު އުމައިރު (58އ) އާއި ލ. ދަނބިދޫ/ ގުލްއަލާގެ، މާޝާ އިބްރާހީމް (38އ) އެވެ.
ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ އޮޕަރޭޝަންގައި، އެ މީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ ޑުރަގާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފެނިފައިވަނީ ކޮން ވައްތަރެއްގެ ޑުރަގެއް ކަމާއި ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ ހިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، ބަންދު މަޖިލީހުގައި ދެ މީހުންވެސް ވަނީ ފެނުނު ޑުރަގަކީ އެ މީހުންގެ ތަކެތި ކަމަށް އިއުތިރާފުވެ، ޑުރަގް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާ ކަމަށްވެސް ބުނެފަ އެވެ.
ރެއިޑް ކުރި އެޕާޓްމަންޓަކުން ކިލޯއަކަށްވުރެ ގިނަ ޑުރަގް، ދެ މީހަކު ހައްޔަރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ