ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒްއެޕް!

ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި އީޒްއެޕް ސޮއިކޮށްފިއެވެ.
މި ޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް 5 ޕަސެންޓުން 15 ޕަސެންޓާއި ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
އީޒްއެޕް އަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް މަންސައަކުން ގުޅުވައިދިނުމަށް ތައާރަފުކުރެވުނު ފުރަތަމަ މަލްޓި-ސާވިސް ”ސުޕަރ އެޕް“ އެވެ.
އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް، ހަލުވިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕް މެދުވެރިކޮށް، ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން، އެކި ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެއެވެ. މިއީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ، އިތުބާރު ހުރި ޑިޖިޓަލް މަންސައެކެވެ.
އީޒެޕް މެދުވެރިކޮށް ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް، ޕްރޮމޯ ކޯޑް ބޭނުންކޮށްގެން ޑިސްކައުންޓް ލިބޭނެއެވެ. މީގެ ތެރެއިން ބްލޫ އަދި ގޯލްޑް ޓިއަރގެ މެންބަރުންނަށް ދުވާލަކު ދެ ފަހަރު މި ކޯޑު ބޭނުންކުރެވޭއިރު، ޕްލެޓިނަމް ޓިއަރގެ މެންބަރުންނަށް ދުވާލަކު ތިން ފަހަރާ ހަމައަށް މި ކޯޑު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެލީޓް ކްލަބް ކަސްޓަމަރުންނަށް ޕްރޮމޯ ކޯޑްގައި ޖެހުމަށް ބޭނުންވާ ޑިސްކައުންޓް ކޯޑު، ދިރާގު އެޕްގެ އެލީޓް ކްލަބް ޕޭޖުގައިވާ އީޒެޕް ބެނަރ އިން ލިބިގެންދާނެއެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ