ރަށުތެރެއަށް ކުކުޅުހާ ދޫކޮށްލައިގެން ގެންގުޅުމަކީ މަނާ ކަމެއްކަން ހދ ނޮޅިވަރަމް ކައުންސިލުން ހަނދާންކޮށްދީފި އެވެ.
ނޮޅިވަރަމް ކައުންސިލުން ނެރުނު ދެންނެވުމެއްގައި ބުނީ ރަށުގެ ބައެއް ސަރަހައްދުތަކުގެ މަގުމައްޗަށް ކުކުޅު ހާ ދޫކޮށްލައިގެން ގެންގުޅޭކަން ފާހަގަވެފައިވާކަމަށެވެ.
އެގޮތަށް މަގުމައްޗަށް ދޫކޮށްލައިގެން ކުކުޅު ހާ ގެންގުޅުމަކީ މަނާ ކަމެއް ކަމަށާއި އެ ގޮތައް އެކަން ނުކުރުމަށް އިލްތިމާސްކުރާ ކަމުގައި ކައުންސލުގެ ދެނެވުމުގައި ވެ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު އާމިރު ކޭއޯއަށް ވިދާޅުވީ ރަށުތެރޭގައި ކުކުޅު ހާ ގެންގުޅުން މަނާކޮށްފައިވަނީ ރަށުގެ ސާފުތާހިރުކަމާއި ރައްކަތެރިކަމަށް ކަމުގަ އެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަށް އެއްބާރުލުން ދޭކަމުގައެވެ.
ރަށުގެ ވަކި ސަރަހައްދަކުން ދިރޭތަކެތި ގެންގުޅުމަށް ވިޔަފާރި އުސޫލުން ވަނީ ބިން ދޫކޮށްފައި ކަމަށާއި އެބިންތަކުގައި މި ވަގުތު ގެންގުޅެނީ ބަކަރި ކަމަށް އާމިރު ވިދާޅުވި އެވެ.
ރަށުތެރެއަށް ކުކުޅު ހާ ދޫކޮށްލައިގެން ގެންގުޅުމަކީ މަނާކަމެއްކަން ނޮޅިވަރަމް ކައުންސިލުން ހަނދާކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ