އަތޮޅު ތެރޭގައި ކަރަންޓު ބިލާއެކު ކުނީގެ ބިލު ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފި

އަތޮޅު ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ގޭބިސީތަކުން ނަގާ ކުނީގެ ބިލް، ކަރަންޓު ބިލާއެކު ހިމެނުމަށް ކުރިން ނިންމި ނިންމުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާގެ މަތީން ބާތިލުކޮށްފައިވާކަމަށް ވެމްކޯއިން ބުނެފި އެވެ.
މީގެ ކުރިން ނިންމާފައި އޮތީ، 1 ޖެނުއަރީ 2025 އިން ފެށިގެން ވެމްކޯއިން އަތޮޅު ތެރޭގައި ފޯރުކޮށްދޭ ގޭބިސީ ތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތުގެ ބިލް ޔުޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި (ކަރަންޓު ބިލުގައި) ހިމެނުމަށެވެ. އެހެން ނަމަވެސް އެ ނިންމުން މިއަދު ބާތިލްކޮށްފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައި ވަނީ ކުންފުނިން އާއްމުކުރި އިއުލާނެއްގައެވެ.
އެކުންފުނިން ބުނީ، އެ ބަދަލާއެކު ވެމްކޯގެ ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނީ އެކުންފުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ވެމްކޯގެ ބިލަށް ފައިސާ ދެއްކުމުގެ އިންތިޒާމް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އޮފީސްތަކާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާނެ ކަމަށްވެސް އެއިއުލާނުގައި ވެއެވެ.
ވެމްކޯއިން މިހާރުގެ މާލެ ސަރަހައްދުގެ ކުނި ބިލް ކުރަމުންދަނީ ކަރަންޓު ބިލާއި އެއްކޮށްލައިގެނެވެ. ކުނި ބިލަށް މަހަކު 150 ރުފިޔާ ކޮންމެ ގޭބީސީއަކުން ދައްކަން ޖެހެއެވެ. އަތޮޅު ތެރޭގައިވެސް ދައްކަން ޖެހޭ އަދަދަކީ އެއީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ