ނޫރާނީ ސްކޫލް ބޮޑު ގޮންޖެހުމެއްގެ ތެރޭގައި!

އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގެ ގްރޭޑް 10 އަށް ދިވެހި މާއްދާ ކިޔައިވައި ދޭނެ ދާއިމީ ޓީޗަރަކު ނެތުމުގެ މައްސަލައާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ތައުލީމީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ "ދަރިވަރު" ނޫހަށް ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް ފާތުމަތު ހަފުސާ ވިދާޅުވީ ގްރޭޑް 10 އަށް ދިވެހި މާއްދާ ކިޔަވައިދޭނެ ޓީޗަރުން ހޯދުން ބޮޑު ގޮންޖެހުމަކަށްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ނުވަ ފަހަރެއްގެ މަތިން އިއުލާންކޮށްގެން ވެސް ދިވެހި މާއްދާގެ ޓީޗަރުން ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"[އެކަމަކު] މިއީ މި ސްކޫލަށް އެކަނި ދިމާވެގެން އުޅޭ މައްސަލއެއް ނޫން. ދިވެހި މުދައްރިސުން [އައްޑޫން] ހޯދުން ވަރަށް ދަތި،" ހަފުސާ ވިދާޅުވިއެވެ. "އައްޑޫގެ ހުރިހާ ސްކޫލަކަށް ވެސް މި ދަތިކަން ކުރިމަތިވެފައި ވަނީ. މީ ގައުމީ ފެންވަރުގައި ވިސްނަން ޖެހޭ މައްސަލައެއް."
އޭނަ ވިދާޅުވި ގޮތުގައި 10 ގެ ދަރިވަރުންނަށް މިހާރު ދިވެހި މާއްދާ ނަގައިދެމުން އަންނަނީ މަރަދޫ އިރުޝާދިއްޔާ ސްކޫލުން ހަމަޖައްސައި ދީފައިވާ ވަގުތީ ޓީޗަރެއްގެ އެހީގަ އެވެ.
ނޫރާނީ ސްކޫލްގެ ފަސް ދަރިވަރަކު މި އަހަރު އޯ ލެވެލް ހަދަ އެވެ. އެ ސްކޫލުން އޯ ލެވެލްގައި އަލަށް ބައިވެރިވީ މިދިޔަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ