ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސި)ގެ މެންބަރުކަމަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ރައީސުލްޖުމުހުރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޖޭއެސްސީގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ޢައްޔަން
ކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ
ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ
މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. މެމްބަރުކަމުގެ
ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަލީ ރަޝީދު
ޙުސައިންއެވެ.
Advertisement
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު
ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އަލްއުސްތާޛު ޙުސްނުއްސުޢޫދާ ޙަވާލުކޮށްދެއްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.
މިއަދު ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް
އައްޔަން ކުރެވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދަކީ އޮސްޓްރޭލިއާގެ
ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ކުޅަދާނަ
ވަކީލެކެވެ.
ނިމިދިޔަ ސަރުކާރުން ސްޕްރިމްކޯޓުގެ
ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އުސްތާޛު ސުޢޫދުވަނީ އަމިއްލަ
ލޯފާމެއް ހިންގެވުމުގެ އިތުރުން ގިނައަދަދެއްގެ ޒުވާނުންނަށް ޝަރުޢީދާއިރާ އާއި
ގުޅުންހުރި ޕްރޮގްރާމްތައް ހިންގަވާ، އެދާއިރާއާއި ގުޅުންހުރި ފޮތްތައް ލިޔުއްވާ
ހައްދަވާފައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުޢޫދު ޢައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ