އިއްތިހާދު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބޭރިއަންސްއިން ހޯދައިފި

މިރޭ ކުޅުނު މި މުބާރާތުގެ ފައިނަލްގައި އެ ޓީމުން ބައްދަލުކުރީ، ހޭވައްލާ އާއެވެ. މި މެޗް ބޭރިއަންސް އިން ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުން ސީދާ 3 ސެޓުންނެވެ.މިރޭގެ މެޗް ޝަރަފްވެރި ކޮށްދީފައިވަނީ ސްޕޯޓްސް މިނިސްޓަރ ޢަބްދު الله ރާފިއެވެ. 6 ޖެނުއަރީ 2024 ގައި ފެށި މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭގޮތަށެވެ.​
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ