އިހުސާސް ކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް، ރައްކާތެރިިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި
ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ކަމަށް ރައްކާތެރިވާން ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން 11:00ގައި ނެރުނު ރެކޯޑުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް އެވަރެޖުކޮށް ހުރީ 35 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ. https://sun.mv/218978 މިގޮތުން، އިހުސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ، މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުގައި ހޫނުމިން ހުރީ، 36.8 ޑިގްރީ ސެލްސިއަސްގައެވެ. އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ސެލްސިއަސްގައެވެ. https://x.com/HPA_MV/status/2036351520674136536 އެހެންވެ، އެޗްޕީއޭއިން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ. މިގޮތުން، އެންމެ ހޫނުގަދަވާ ގަޑިތަކުގައި އަތްވަށް ނުނިކުތުމަށާއި ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެއިތުރަށް، ގަޔަށް ފަސޭހަ ހެދުން ލުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އެނބުރުން އަރައި، މާ ގަދައަށް ބޮލުގައި ރިއްސައި، ހަށިގަނޑު ވަރުދެރަވާ ނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ