ރަށްރަށަށް ކަރަންޓު ދޭން އަހަރަކު 2.9 މިލިއަން ފީފާގެ ތެޔޮ ބޭނުން ކުރޭ!
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އަހަރަކު 2.9 މިލިއަން ފީފާގެ ތެޔޮ ހޭދަވާ ކަމަށާއި މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރިސޯޓްތައް ނުލައި ބަލާނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ދޭން 7،965 ފީފާ ތެޔޮ ބޭނުންވެ އެވެ. އަދި މިދިޔަ އަހަރު އެކަނި ތެލަށް 10 ބިލިއަން ރުފިޔާ، ނުވަތަ 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."މީހުން ދިރިއުޅޭ ރަށްރަށުގައި 301 މެގަވޮޓް އިންސްޓޯލް ކުރެވިފައިވޭ. މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ތެލަށް ހޭދަކުރި. މިއީ ޖީޑީޕީގެ 10 ޕަސެންޓް،" ތޯރިގު ވިދާޅުވި އެވެ. ޖަނަރޭޓަރު ކެޕޭސިޓީ ހުރި މިންވަރު މީހުން ދިރިއުޅޭ ރަށްތައް - 310 މެގަވޮޓް ރިސޯޓްތައް - 298 މެގަވޮޓް އިންޑަސްޓްރިއަލް ސަރަހައްދު - 30 މެގަވޮޓް ތޯރިގު ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަކޮށް، ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށެވެ. މި ދާއިރާއަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ."މިވަގުތު ވަރަށް ބޮޑު ފޯކަސްއެއް ކުރަމުން މި އަންނަނީ ރިނިއުބަލް އެނާޖީ އިތުރު ކުރުމަށް ގިނަ ފޯކަސް ކުރެވިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ