ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފްގެ މަޤާމާ، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރ، ސީ.ސީ.، ސީ.އެމް.އެމް.، ސީ.އޯ.އެމް، ސީ.ޑީ.، ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެކަމަނާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހަބާވިދާޅުވެ، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެކަމަނާ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
އަދި އެކަމަނާގެ ގަވަރނަރ ޖެނެރަލްކަމުގެ ދައުރުގައި، ކެނެޑާއަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ލިބި، އެ ޤައުމުގެ އަގުހުރި އުސޫލުތައް ނެގެހެއްޓޭނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އެކަމުގެ ލާބަޔާއި މަންފާ ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރއަށް ދުޅަހެޔޮ ސިއްހަތަކަށާއި އެކަމަނާއަށް ހެވާއި ލާބަޔަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް، މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ