މިއަހަރުގެ ރޯދަ މަހު ކުރިއަށް ގެންދާ އަތޮޅު އިހްޔާ ފޯރަމްތައް ބާއްވާނެ 10 ރަށެއް، އެ ރަށްރަށުގެ ތައްޔާރީތަކަށް ބަލައި ފައިނަލްކޮށްފިއެވެ. މި ރަށްތައް ހޮވާފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ބަލައި، ފޯރަމްތައް ބޭއްވުމަށް އެ ރަށްރަށުގައި ހުރި އިންތިޒާމުތަކުގެ ފުރިހަމަކަމަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށްފަހުގައެވެ.
އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫއެވެ. މި ފޯރަމްތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ރޯދަ މަހުގެ މަންފާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.
މި ފޯރަމްތަކަށް ހާޒިރުވާ މީހުންނަށް ހާއްސަ ކަންތައްތަކެއް ވެސް ވަނީ ރޭވިފައެވެ. އެގޮތުން ކޮންމެ ފޯރަމަކަށް ހާޒިރުވާ މީހުންގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވާ ހުކުރު ދުވަހު ތ. ދިޔަމިގިލީގައެވެ.
ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ރިޔާސީ ދައުރު ދިގު ދަންމާލަން: އެމްޑީޕީ ޕީޖީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފި އައިކެއާގެ ރަމަޟާން އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ސައުފާން ހޮވިއްޖެ ޢުމްރާ ދަތުރެއްގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ