ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާލައި ދަރިވަރުން ދެ ހަފުތާއަށް ޗުއްޓީއަށް
ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ދަރިވަރުންނަށް ރިޕޯޓް ފޮތް ދޫކޮށް މިއަދު ޗުއްޓީ ފަށައިފިއެވެ. މި ޗުއްޓީއާއެކު ދަރިވަރުންނަށް ދެ ހަފްތާއަށްވުރެ ދިގު މުއްދަތެއްގެ ބަންދެއް ލިބިގެންދާނެއެވެ. ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ނިމި، ދެން އަލުން ކިޔެވުން ފެށޭނީ އޮގަސްޓު ދެ ވަނަ ދުވަހުއެވެ. ކުރިއަށް އޮތް މިނިވަން ދުވަހުގެ ބަންދާއެކު، ދަރިވަރުންނަށް ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ސްކޫލުތަކުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މި އަހަރު 84,000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދާއިރު، އެ ކުދިންނަށް ކިޔަވައިދިނުމުގައި 9,000 އަށް ވުރެ ގިނަ މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓު މަހުގެ ދެވަނަ ދުވަހު ފެށޭއިރު، މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން އެއްކޮށް ނިމޭނީ ޑިސެންބަރު 18 ގައެވެ. މިއަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ ޑިސެންބަރު 18 އިން ފެށިގެން ޖެނުއަރީ 12، 2027 އާ ހަމައަށެވެ. ކުރިއަށް އޮތް އަހަރުތަކުގެ ތާވަލަށް ބަލާއިރު، 2027 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 17 ގައެވެ. މިއީ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ތަރުތީބުކުރެވިފައިވާ ތާރީޚުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ