ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ދަރިވަރުންނަށް އަންނަ އޯގަސްޓް 1، ގެ ނިޔަލަށް މިއަދު ޗުއްޓީ ލިބިއްޖެ އެވެ.
ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް ދިޔުމުގެ ކުރިން މިއަދު ހުރިހާ ސްކޫލަކުން ދަރިވަރުން ފުރަތަމަ ޓާމްގައި ހޯދި ނަތީޖާތައް ހިމެނޭ ރިޕޯޓް ފޯމް ވަނީ ހަވާލުކޮށްފަ އެވެ.
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MU STORE
ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާނީ އޯގަސްޓް 2، އިން ފެށިގެން ޑިސެމްބަރު 17، ގެ ނިޔަލަށެވެ. ދިރާސީ އައު އަހަރުގެ ދެވަނަ ޓާމު ނިމި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ މި އަހަރުގެ ޑިސެމްބަރު 18، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12، ގެ ނިޔަލަށެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިދިޔަ ޖެނުއަރީ 27، ގައި ފެށުމަށްފަހު މާޗު 8، ގެ ނިޔަލަށް ކިޔަވައިދިނުމަށްފަހު ސްކޫލްތައް ބަންދުވި އެވެ. އެއަށްފަހު ސްކޫލްތައް އަލުން ހުޅުވީ މާޗު 28، ގަ އެވެ. ނިމިދިޔަަ ޓާމްގެ މިޑް ޓާމް ބްރޭކް ދިނީ މެއި 24، އިން ފެށިގެން 30، ގެ ނިޔަލަށެވެ.
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 219 ސްކޫލެއްގައި ފެށީ 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުންނާއެކުގަ އެވެ.
މި އަހަރު ސަރުކާރު ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ގްރޭޑް އެކެއްގައި ކިޔަވާނެ 1،700 އަށް ގިނަ ދަރިވަރުން ހިމެނެ އެވެ.
މީގެއިތުރުން އަތޮޅުތެރެއިން މާލެއަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބަދަލުވީ ހުޅުމާލެއަށެވެ. އެއީ 800 އަށްވުރެ ގިނަ ދަރިވަރުންނެވެ.
ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް، ދެން ކިޔެވުން ފަށާނީ އަންނަ އޯގަސްޓު 2، ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ