ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވޯކް ޕާމިޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ. މިހާތަނަށް ސައްހަ ވޯކް ޕާމިޓާއެކު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 208,937 އަށް އަރާފައިވާއިރު، 2 ލައްކައަށްވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ވަނީ ނަގާފައެވެ.
ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފެތުރޭ ގޮތަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން، ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
ގަވާއިދާ ހިލާފުވި 12000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ