ކ. ހުރާ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ ކަރަންޓު ޝޯޓުވެ، ޗާޖަށް ޖަހާފައިވާ އައިފޯނެއް ގޮވުމުގެ ސަބަބުންކަން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ރޭ ދަންވަރު 1:18 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި މުޅި ގޭގެ އިމާރާތަށާއި މުދަލަށް ވަނީ ގެއްލުންވެފަ އެވެ.
ތަފްސީލް - ހުރާ ކައުންސިލްގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ކަރަންޓު ޝޯޓުވީ އައިފޯނެއް ޗާޖަށް ޖަހާފައިވާ ތަނަކުން ކަމަށް ގޭގެ މީހުން މައުލޫމާތުދިން ކަމަށެވެ. އަދި އެ ފޯނު ގޮވައިގެން ގޭގައި ހުޅުގަނޑު ހިފީ ކަމަށް އެ ގޭގެ މީހުން މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގި ސަބަބާ ގުޅޭ ގޮތުން ފުލުހުންނާއި އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެ ގޭގައި ދިރިއުޅުނު 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން އަންނަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ގޭގައި ދިރިއުޅުނު އަންހެނަކު ޝޮކެއް ލިބި، އޭނާ ނަފުސާނީ ގޮތުން ހާލު ދެރަވުމުން މާލެ ގެނެސްގެން ފަރުވާ ވަނީ ދީފަ އެވެ.
ހުރޭ ގެއެއްގައި ރޯވީ ކަރަންޓު ޝޯޓުވެ އައިފޯނެއް ގޮވުމުގެ ސަބަބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ