ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދުު ބުނީ މި ސިނގިރޭޓުތައް އަތުލައިގަތީ މާލޭ ވިޔަފާރި ބަނދަރުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ތަފްސީލް - މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސް އިން އާންމެއް ނުކުރެ އެވެ.
ނަމަވެސް، 2024 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އާންމުވެފަ އެވެ.
ކަސްޓަމްސް އިން މީގެ ކުރިން ވެސް ވަނީ މިގޮތަށް ވަގަށް އެތެރެކުރި ސިނގިރެޓު އަތުލައިގެންފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ފާއިތުވި ދޮޅު މަހެއްހާ ދުވަސް ތެރޭ 2 މިލިއަން ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ