ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ހަރަދާ އެކު 828.7 މިލިއަން ރުފިޔާގެ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެގޮތުން ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިން ވަނަ ކުއާޓަރުގައި ލިބުނު އަދަދާ ބަލާއިރު 76.2 ޕަސެންޓްގެ ކުރިއެރުމެވެ.
ގައުމީ ބޭންކްގެ މިދިޔަ އަހަރު މާލީ ނަތީޖާތައް ދައްކާ ގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށް ބޮޑެވެ. އެހެންވެ މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 16.1 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޓެކްހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 އާ އަޅާ ބަލާއިރު 10 ޕަސެންޓްއިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައި އެވެ. އަދި ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓްގެ ކުރިއެރުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވާ ކަމަށެވެ.
"ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން." އޭނަ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެ އެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަ ށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ޝަރީފު ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބު އަހަރެއްގެ ގޮތުގައި ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ފަހު ކުއާޓަރުގައި ބީއެމްއެލަށް 828.7 މިލިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ