ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި 249 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ހިމެނޭ ހައިބްރިޑް ނިޒާމެއް ގާއިމުކޮށް، އެ ރަށުގެ ކަރަންޓުގެ ހާލަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ.
މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި އެ ރަށުގައި ގާއިމުކުރާ ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ނިޒާމެކެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 249 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީ ސިސްޓަމެއްގެ އިތުރުން، 344 ކިލޯވޮޓް އަވަރގެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ގާއިމުކުރެވޭނެއެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ގްރިޑްގެ ހަމަޖެހުން ގާއިމުވެ، ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
މި ނިޒާމު ބޭނުންކުރަން ފެށުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ތެލަށް ކުރާ ހޭދަ ކުޑަވުމެވެ. އެގޮތުން އަހަރަކު 117,181 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭހުގެ ތެރެއިން 287 ޓަނުގެ ކާބަން އިމިޝަންސް ކޮންމެ އަހަރަކު މަދުކުރެވޭނެއެވެ.
މި މަޝްރޫއަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތް ނިމުމުން ކެންދޫގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ކަށަވަރުވެގެންދާނެއެވެ.
24 ރަށެއްގައި ސޯލާ ހަކަތައިން ކަރަންޓް އުފެއްދުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އައްޑޫސިޓީއެ ގާއިމްކެރާ އިރުގެ އަލިން ހަކަތަ އުފައްދާ ޕްރޮޖެކްޓް މަގުބޫލު ލިޔުންތައް ކެންސަރު ބައްޔާއެކު ނިޒާމް ވޭނުގައި، އެދެނީ ދީލަތި އެހީތެރިކަމަށް! އުމުރުން 16 އަހަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ