މި ރޯދަ މަހުގެ އެންމެ ފަހު އަވަށްޓެރި ރޯދަ ވީއްލުން މިއަދު

ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ "އަވަށްޓެރި ރޯދަވީއްލުން" ސިލްސިލާގެ ފަހު ރޯދަވީއްލުން މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދާ އަވަށްޓެރި ރޯދަވީއްލުން ސިލްސިލާގެ ފަހު ރޯދަވީއްލުމަށް ދައުވަތު އަރުވާ ކަމަށެވެ.މި ރޯދަ ވީއްލުން އޮތީ މިއަދު 18:00ގައި ޗަނބޭލީ މަގު (މުހައްމަދު ގާސިމް ޕްރީ ސްކޫލް ކުރިމަތީ)ގައެވެ.އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ ގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ