ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ވަރަށް އިހާނަތިކޮށް ބިންމަތީގައި ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން މީސްމީޑިއާގައި އާއްމުވެފައިވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުން މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ،  މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު އެވެ. 
އަދި މި މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ