ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިކަމަށްޓަކައި ވެވުނު އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤްއެވެ. ބީއެމްއެލުން ބުނީ މި ސްޕޮންސަރޝިޕް އެގްރީމެންޓްގެ މުއްދަތަކީ 3 އަހަރުކަމަށެވެ.
މި ޕާޓްނަރޝިޕްގެ ރާއްޖޭގެ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރގެ ގޮތުގައި ފެނިގެންދާނީ ބޭންކް އޮފް މޯލްޑިވްސްއެވެ. މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ
ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެފްއޭއެމްއާއެކު ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ
ޓީމުތަކުގެ ރަސްމީ ސްޕޮންސަރއަށް ގައުމީ ބެންކު ހަމަޖެހިގެން ދިޔުމަކީ އެ ބޭންކަށް ލިބިގެންދިޔަ ފަހްރެއްކަމަށެވެ.
" ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ
އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް
އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ
ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ
ތަސައްވުރެއް ގެނެސްދިނުން" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
އެފްއޭއެމްގެ
ރައީސް އަޙްމަދު ތާރިޤް ވިދާޅުވީ ބޭންކް
އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕެއް
ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
" މި ޕާޓްނަރޝިޕްގެ
ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި
ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ" އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤް ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ދިވެހި ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލްއިން ވަނީ މީގެ ކުރިންވެސް ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް
ސްޕޮންސަރކޮށްދީފައެވެ.
ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ