ތާރީހީ ފުރަތަމަ މޮޅާއެކު އަފްގާނިސްތާނަށް ރޭންކިންގެ ތިންވަނަ
މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކާވާ ކަޕު 2025 ގައި ބަންގްލަދޭޝް ބަލިކޮށް އަފްގާނިސްތާނުން ތާރީހީ ފުރަތަމަ މޮޅު ހޯދައިފިއެވެ. ހަތަރު ގައުމާއެކު ކުރިއަށްދާ މުބާރާތުގެ ރޭންކިން މެޗު އަފްގާނިސްތާނު ކާމިޔާބުކުރީ ބަންގްލަދޭޝް އާއި ވާދަކޮށް 3-1 ސެޓުންނެވެ. މިހާތަނަށް އަފްގާނިސްތާނަށް ބައިނަލްއަޤްވާމީ ވޮލީގައި މޮޅެއް ނުލިބެއެވެ. ނަމަވެސް ބަންގްލަދޭޝް އަތުން ހޯދި މި މޮޅާއެކު މިއީ އެ ގައުމުގެ ވޮލީގެ މުސްތަގްބަލަށް ލިބުނު ބޮޑު ހިތްވަރެކެވެ. ބައިނަލްއަޤްވާމީ ފުރަަތަމަ މޮޅު ހޯދި އަފްގާނިސްތާން ޓީމު-- ފޮޓޯ: ސަން މި މޮޅާއެކު އަފްގާނިސްތާނަށް ވަނީ ރޭންކިންގެ ތިންވަނަ ކަށަވަރުވެފައެވެ. އަދި ހަތަރުވަނަ ލިބުނީ މެޗުން ބަލިވި ބަންގްލަދޭޝްއަށެވެ. އަންނަ ބުދަދުވަހުގެ ހަވީރު 16:20 ގައި ކުޅޭ ރޭންކިންގެ ފުރަތަމަ މެޗުގައި ރޭންކިންގެ ހަތަރުވަނަ ލިބުނު ބަންގްލަދޭޝް ބައްދަލުކުރާނީ މިރޭ ރާއްޖެއާ ކިރްގިސްތާނު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭ ކުޅޭ މެޗުން މޮޅުވާ ޓިމަކަށް ރޭންކިންގެ އެއްވަނަ ލިބޭއިރު ދެވަނަ ލިބޭ ޓީމަކަށް ރޭންކިންގެ ދެވަނަ ލިބޭނެއެވެ. މިރޭ ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗުން ބަލިވާ ޓީމެއް ބައްދަލުކުރާނީ އަފްގާނިސްތާނާއެވެ. މެޗު ކުޅޭނީ ބުދަދުވަހުގެ ރޭ 20:40 ގައެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. ހުރިހާ މެޗެއް އެސްއެސްޓީވީ އާއި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ