އުރީދޫއިން 6 އޯލް ޓެރައިން ވެހިކަލް ދެނީ؛ ރަށު ފަސްގަނޑުގައި ދުއްވާލެވޭނެ

އުރީދޫ މޯލްޑިވްސްގެ އޭޓީވީ ޕްރޮމޯޝަން ތައާރަފްކޮށް، 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.
އުރީދޫއިން ބުނީ، މި ޑިސެންބަރު މަހުގެ 20 އިން އަންނަ އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭއިރު، 6 ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ އަންނަ  އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. 
"މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް. އުރީދޫގެ ހިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުންކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. ކޮންމެ ދެ މަހަކުން އެއްފަހަރު ޑްރޯއާ އެކު މުޅި އަހަރު ކުރިއަށް ގެންދާ މި އިނީޝިއޭޓިވްއަކީ އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ކުރުއަށް ގެންދެވޭ ޕްރޮމޯޝަނެއް.“ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވިއެވެ. 
މި ޑްރޯއަށް ކޮލިފައިވުމަށް އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަރނެޓް، ފަސޭހާ ނުވަތަ 5ޖީ އެއަރފައިބަރ ފަދަ ޚިދުމަތްތައް ސަބްސްކްރައިބް ކުރަންވާނެއެވެ.
ކޮންމެ ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހެ އެވެ.
އަދި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރުން ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވާންޖެހެއެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ އަލަށް ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށް ކަމަށްވެސް އުރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ