އެއާޕޯޓްގައި ބަންދު ކުރުމަށް ފަހު މަދަނީ އަބްދުﷲ ރާއްޖެ ފޮނުވާލައިފި

އަބްދުﷲ އާ ހަވާލާދީ ބުނާ ގޮތުން އޭނާ ހިފެހެއްޓީ މިހާރުގެ ސަރުކާރުން ތައްޔާރު ކޮށްފައި އޮންނަ ބްލެކް ލިސްޓެއްގައި އޭނާ ހިމަނާފައި އޮވެގެނެވެ.
ޕީޕީއެމާއި ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިމިގްރޭޝަނުން ހިފަހައްޓަައި ހައްޔަރަށް ނެގުމަށް ފަހު މިރޭ ރާއްޖެ ފޮނުވާލައިފި އެވެ.
މަދަނީ އަބްދުﷲ ހިފަހައްޓާ ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރީ ސީދާ ކީވެގެން ކަމެއް ނޭނގެ އެވެ. އަބްދުﷲ އާ ހަވާލާދީ ބުނާ ގޮތުން އޭނާ ހިފެހެއްޓީ މިހާރުގެ ސަރުކާރުން ތައްޔާރު ކޮށްފައި އޮންނަ ބްލެކް ލިސްޓެއްގައި އޭނާ ހިމަނާފައި އޮވެގެނެވެ. ފޮރިން މިނިސްޓްރީން މިރޭ ބުނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭޝިއާއަށް ދަތުރުކުރި ޅ. ކުރެންދޫ، ނޫރާނީގެ އަބްދުﷲ މުހައްމަދު މެލޭޝިއާއަށް އެތެރެނުވެވޭ ގޮތަށް މެލޭޝިއާ އިމިގްރޭޝަނުން ހިފެހެއްޓި ކަމަށެވެ.މި މައުލޫމާތު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއަށް ލިބިފައި ވަނީ މެލޭޝިއާ ގަޑިން ރޭ ގާތްގަނޑަކަށް 9:40 ހާއިރު ކަމަށާ އެ މައުލޫމާތު ލިބުމާއި އެކު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އިން ގެންދި އައީ އޭނާއަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.އެގޮތުން ހައިކޮމިޝަންގެ ކޮންސިއުލާ މުވައްޒަފެއް ވަގުތުން އެއާޕޯޓަށް ގޮސް ބޭނުންވާ ހުރިހާ ކޮންސިއުލާ ހިދުމަތް ތައް ފޯރޮކޮށްދީފައިވާ ކަމަށް ބުންޏެވެ. މެލޭޝިއާގެ އިމިގްރޭޝަން އިން އާއްމުކޮށް އަމަލުކުރާ އުސޫލަކީ އެ ގައުމަށް އެތެރެވުން މަނާކުރާ މީހެއް ނަމަ މެލޭޝިއާއަށް އެތެރެ ނުވެ މެލޭޝިއާއަށް އައުމަށް ދަތުރުކުރި އެއާލައިންސްގެ އެންމެ އަވަހަށް ފުރަން އޮންނަ ފްލައިޓަކުން ފުރުވާލުން ކަމަށާ އެހެން ނަމަވެސް އަބްދުﷲ މުހައްމަދު ދަތުރު ކުރި އެއާލައިންސްއިން ރާއްޖެއަށް އައުމަށް އެންމެ އަވަހަށް ދަތުރެއް އޮތީ ހޮނިހިރު ދުވަހު ކަމަށެވެ. އެހެން ކަމުން ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މެލޭޝިއާ އިން ރާއްޖެއަށް ދަތުރުކުރި އެހެން އެއާލައިނެއްގެ ފްލައިޓަކުން ރާއްޖެ އައުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށް ބުންޏެވެ. އަބްދުﷲ މިހާރު ވަނީ ރާއްޖެ އަންނަ ފުރާފައެވެ.އަބްދުﷲ އަކީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރި ސިޔާސީ މީހެކެވެ. ފަހަކަށް އައިސް އޭން ފެންނަނީ ޕީޕީއެމަށް ތާއީދުކޮށް ކޮންޓެންޓެ ގެނެސްދޭ ޓީވީ ޗެނަލް، ޗެނަލް 13 އިން ގެނެސްދޭ ސިޔާސީ ޕްރޮގްރާމްތަކުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ